Local cover image
Local cover image

/ކަހަފް ސޫރަތުގެ އަލީގައި ޒުވާނުންނަށް އުފާވެރި ދިރިއުޅުމަކަށް ފަހިކޮށްދެވޭ މަގެއް މުޙައްމަދު ނިޒާމް

By: މުޙައްމަދު ނިޒާމްMaterial type: TextTextPublication details: /މާލެ 2016 Description: xii, 199 p. : ill. ; 30 cmDDC classification: MS 297.12 NIZ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Home library Call number Status Date due Barcode Item holds
Research papers Villa College QI Campus
Villa College Library
MS 297.12 NIZ (Browse shelf(Opens below)) Not for loan 10169
Total holds: 0

ދިރާސާގެ ހުލާސާ
މިދިރާސާގެ މައިގަނޑު މަޤުސަދަކީ، ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެ އެޒުވާނުން އުފަލުގައި ދުނިޔޭގައި ދިރިއުޅުމަށްޓަކައި ސޫރަތުލް ކަހަފްގެ އަލީގައި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް، ބަހާތަކެއް ދެނެގަނެ ހުށައަޅާއި ދިނުމެވެ. ޕްރޯބްލަމް ސުޓޭޓްމަންްޓް ނުވަތަ، މައްސަލައިގެ ބަޔާނުގެ ގޮތުގައި ހުށައަޅައިދީފައި ވާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާމަ ކޮށްފައިވާ " ކުށުގެ ތަފާސް ހިސާބު 2012-2008" ގެ މަށްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފްސާނީ ބަލިކިށިކަން ނުވަތަ ޑިޕްރެޝަންގެ މައްޗަށެވެ. މިކްސް މެތަޑް ތަކުގެ ތެރެއިން އެމްބެޑެޑް މެތަޑް ބޭނުން ކުރެވިގެން ކުރިއަށް ގެންދެވުނު މިދިރާސާގެ ދެބައި ކަމުގައިވާ ކުއަލިޓޭޓިވް ބަޔާއި ، ކުއަންޓިޓޭޓިވް ބައިގައިވެސް ޙިޔާރު ކުރެވިފައިވަނީ ކޮންޓެންޓް އެނޭލިސިސް ހެދުމުގެ މަށްޗަށެވެ.މިގޮތުން، ދިވެހިރާއްޖެގެ ކޮރިމިނަލް ކޯޓްގެ ވެބްސައިޓްގައި ޝާއިރު ކޮށްފައިވާ ހުރިހާ ވައްކަމުގެ މައްސަލަތަކެއް ކުއެންޓިޓޭޓިވް ނަޒަރުން ދިރާސާކުރެވި، އެމައްސަލަ ތަކުގައި ނެރެފައިވާ ޙުކުމްތަކާއި އިސްލާމްދީނުގައި ވައްކަމުގެ މައްސަލަތަކުގައި ޢަމަލު ކުރުމަށް ކަނޑައަޅފައިވާ ހުކުމާއި އަޅާ ކިޔާފައިވާނެއެވެ. މިދިރާސާގެ ކުއެންޓިޓޭޓިވް ބައިގެ ނަތީޖާ ދައްކާގޮތުން ދިވެހި ރާއްޖޭގެ ކުށުގެ މާހައުލުގައި ( ޙާއްސަކޮށް ވައްކަމުގެ މައްސަލަތަކުގައި) އުޅޭ ޒުވާނުންތިބީ ނަފްސާނީ ބަލިކަށިކަމެއްގެ ތެރޭގައެވެ. ނަތީޖާ ދައްކާގޮތުން އަލުގަނޑުމެންގެ ޒުވާނުން ތިބީ ނަފްސާނީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އުފާވެރި ދިރިއުޅުމަކަށް ނަގުދައްކައިދޭނެ ގައިޑް އަކަށް ނުވަތަ، އާރުކާޓީއަކަށް ބޭނުންވެފައެވެ. އެހެންކަމުން މިނަތީޖާގެ އަލީގައި ކުއަލިޓޭޓިވް ބައި ފުރިހަމަ ކުރުމަށް މަގުފަހިވެގެން ދިޔައެވެ.
އެހެން ކަމުން، ދުނިޔޭގެ ދިރިއުޅުމުގައި އުފާވެރި ހަޔާތެއް ވޭތުކުރުމަށް ބެނުންވާ ބަހާތަން، ސޫރަތުލްކަހަފް ތަފްސީރު ކުރައްވާފައިވާ ދުނިޔޭގެ މައްޝޫރު ހަތަރު ޢިލްމުވެރިންގެ ދަރުސްތަކުގައި ދެނެގަނެވުނެވެ. މިދިރާސާގައި ސޫރަތުލްކަހަފްގެ އަންނަނިވި ހަތަރު ބަޔަށް އަމާޒުކުރެވިފައިވާނެއެވެ.1- އީމާންތެރިކަމާއި ގުޅޭގޮތުން ކަހަފް ބާގައިގެ މީހުންގެ ވާހަކަ؛ 2- މުދަލާއި ދަރިންގެ ފިތުނައިގެ ވާހަކަ ބަޔާންކުރެއްވުމަށް ދެ ދަނޑުވެރިންގެ ވާހަކަ؛ 3- ޢިލްމު އުނގެނުމުގެ މުހިއްމުކަން އަންގަވައި ދެއްވުމަށްޓަކައި މޫސާ އަލައިހިއްސަލާމް އާއި ހުލުރީ ގެ ފާނުގެ ވާހަކަ އަދި 4- ވެރިކަމާއި ބާރުގެ ފިތުނައިގެ ވާހަކަ ބަޔާންކޮށްދިނުމަށްޓަކައި ޒޫލްޤުރޫނީންގެ ވާހަކަ އެވެ. މިދިރާސާ ނިންމާލާފައިވާނީ ދުނިޔޭގެ ދިރިއުޅުމާއި އުޙުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަށް އިޝާރާތްކުރަމުންނެވެ. ކުއެލިޓޭޓިވް ބައިގެ ހޯދުންތަކުން ފާހަގަ ކުރެވުނު މައިގަނޑު ނަތީޖާއަކީ ދުނިޔޭގެ ދިރިއުޅުމުގައި އުފާވެރި ހަޔާތެއް ވޭތުކުރަން އެދޭނަމަ ތަޤުވާވެރިކަން ފުރިހަމަވުން ބިނާވެފައިވަނީ އީމާންތެރިކަމާއި، އިލްމާއި އަދި މިދެ އަސާސްގެ މަށްޗަށް އަމަލު ކުރުމުގެ މައްޗަށެވެ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image