ދިވެހިި ޒުވާނުން ތަކުރާރުކޮށް ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބު / ޢައިނާން ޢަލީ މުޙައްމަދު
Material type:
TextPublication details: 2018. Description: xi, 142 p. 30 cmOther title: Dhivehi zuvaanun kushah araigathumah medhuverivaa sababuDDC classification: MS 297.5 MOH
| Item type | Current library | Home library | Call number | Status | Date due | Barcode | Item holds |
|---|---|---|---|---|---|---|---|
| Research papers | Villa College QI Campus | Villa College Library | MS 297.5 MOH (Browse shelf(Opens below)) | Not for loan | 11076 |
އެބްސްޓުރެކްޓު
މި ދިރާސާއަކީ ސައްތައިން ސައްތަ މުސްލިމު ދިރިއުޅޭ ދިވެހިމުޖުތަމަޢުގައި ދިވެހިޒުވާނުން ދުވަހެއް ދުވަހަކާށް އިސްލާމީ ޝަރީޢަތުގައި މާތްﷲ ޙަރާމްކުރެއްވި ބޮޑެތި ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންދާކަމަށާއި، އަދި އެމީހުން ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާކަމަށް ދިވެހިރާއްޖޭގެ ކުށުގެ ރިކޯޑުތަކުން ދައްކާތީ، އަދި އެމީހުން ތަކުރާރުކޮށް ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ ބަލާލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާއަށް ހަދާފައިވާނީ މިކްސްޑް މެތަޑް ބޭނުންކޮށްގެންނެވެ. އެގޮތުން ދިވެހި ޒުވާނުންގެ ތެރެއިން 150 މީހުން ބޭނުން ކޮށްގެން ކުރެވުނު ސާރވޭ އަދި އިސްލާމީޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނާއި، އިސްލާމީ ތަޢުލީމާއި، ތަރުބިއްޔަތު އިތުރުން އިޖްތމާޢީ ދާއިރާގައި ހިމެނޭގޮތަށް ހޮވާލެވުނު 7 (ހަތެއް) ފަރާތްތަކެއްގެ އިންޓަރވިއު ބޭނުންކޮށްގެން ޑޭޓާ އެއްކޮށްފައިވާނެއެވެ. މި ދިރާސާއަށް އެއްކުރެވުނު ޑޭޓާތަކުން ފާހަގަކުރެވުނު ގޮތުގައި ދިވެހިޒުވާނުން ކުށަށް އަރައިގަންނަނީ މައިންބަފައިން އެމީހުންގެ ދަރިންނަށް އެކަށީގެންވާ ގޮތުގައި ތަރުބިއްޔަތު ނުދެވުމާއި، ދިވެހިޒުވާނުންނަށް އެމީހުންގެ އަޤީދާ ހަރުދަނާކުރެވޭ މިންވަރަށް ދީނީ ތަޢުލީމް ނުދެވުމާއި، ކުށެއް ކޮށް އިސްލާހުވެ މުޖުތަމަޢަށް ނުކުންނަ ފަރާތްތައް މުޖުތަމަޢުން ބަލައިނުގަތުމުގެ ސަބަބުންކަން ފާހަގަކޮށްލެވުނެވެ. ނަމަވެސް ދިވެހިޒުވާނުން ތަކުރާރުކޮށް ކުށަށް އަރައިގަންނަން މެދުވެރިވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޛުނުކުރެވޭތީކަން މިދިރާސާގެ އަލީގައި ހާމަވެގެންދިޔައެވެ.
There are no comments on this title.