Dhunfini / Ibrahim Waheed
Material type:
TextPublication details: Male' : Novelty Printers and Publishers, Description: 231 p. ; 18 cmISBN: 9789991572642Other title: ދުންފިނިSubject(s): FictionDDC classification: 891.483 WAH
| Item type | Current library | Home library | Call number | Status | Date due | Barcode | Item holds |
|---|---|---|---|---|---|---|---|
English Fiction
|
Villa College Library | Villa College Library | 891.483 WAH (Browse shelf(Opens below)) | Available | 17876 | ||
English Fiction
|
Villa College Library | Villa College Library | 891.483 WAH (Browse shelf(Opens below)) | Available | 17877 | ||
Dhivehi Fiction
|
Villa College Library | Villa College Library | 891.483 WAH (Browse shelf(Opens below)) | Checked out | 02/17/2021 | 12720 |
ދުންފިނި
ކުއްލިއަކަށް ވިދައިލި ގޮތަކުން ނަވީންގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ވިދުވަރު ފާޅުވީ ވިލާތަކުގެ ތެރެއިން ނޫންކަން ނަވީނަށް އެނގުނީ ދެވަނަ ފަހަރަށް ވިދާލުމުންނެވެ. އަލިގަނޑު އެރީ ނަވީން ނިކުތް ދިމާގެ ގަސްތަކުގެތެރެއިންނެވެ. ދެން އިވެންފެށީ އަހެއް ދުވެފައި އަންނައިރު އޭގެ މޮއްގަނޑުތަކުން އިވޭ ކަހަލަ އަޑެކެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން މުގުރަމުން، ގުގުމަމުން އައި އަޑު ކައިރިވާން ފެށިއެވެ. އަހުގެ ތޫލި އަޑުން ގޮވައިލިއެވެ. ގެންފައިވާ ބިރަކާއި. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ނަވީން ގުޑައި ވެސް ނުލައި އޮތެވެ. އަސް ކައިރިވި ވަރަކަށް ބިންގަނޑަށް އައި ލޮޅުން ދިޔައީ ބޮޑުވަމުންނެވެ. ނަވީނާ ހަމައަށް އައިސްފައި، ކުއްލިއަކަށް އަހުގެ ކުރީ ދެ މޮއްގަނޑު ހިއްލައިލައިފައި ވަރަށް ބާރަށް ގޮވާލިއެވެ. އެ އަހަކު މީހަކު ނެތެވެ. ކުލަ އަޅި، އާންމު އަސްތަކަށްވުރެ ބިޔަ އަހެކެވެ. ކަނދުރާމަތިން ފަޅާފައިވާ ކެހެރިތައް ދިގުކަމުން ވަޔާ ވިހުރަިވިހުރި އޮތެވެ. އަނދިރި ރެއަކަށް ވެފައި، އަހުގެ ކުލަ އަޅި ނަމަވެސް، ކޮންމެވެސް ކަހަލަ ވިދުމެއް އަހުގެ ކެހެރިތަކުގައި ހުއްޓެވެ. ސާފުކޮށް އެ އަސް ނަވީނަށް ފެނުނީ އެހެންވެއެވެ. އަސް ނޭވާލާ އަޑު ނަވީނަށް އިވެއެވެ.
(Romance Genre)
English Fiction
There are no comments on this title.